ޚަބަރު
ޒުވާން މަސްވެރިން އުފެއްދުމުގެ ޕްރޮގްރާމު؛ ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ. މި ޕްރޮގްރާމަކީ ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ “ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް” (ޓްރާންސްފޯމް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަށެވެ.

ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް މަސްވެރިކަމާބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުޅަނދެއްގައި އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ތަމްރީން ދޭނީ ރާއްޖޭގެ ފުންނާބު އުސް ކެޔޮޅުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ ޒުވާނުންނަށް ކަމަށާއި، ކުރިމަތިލާ ފަރާތަކީ މިހާރު މަސްވެރިކަމާބެހޭ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިއަކަށް ވެގެން ނުވާނެއެވެ. ޕްރޮގްރާމުގައި ބައިވެރިވާ 5 ޒުވާނުންނަށް ތަމްރީނު މުއްދަތުގައި އެލަވަންސްވެސް ލިބޭނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއި އައިޑީކާޑު ކޮޕީ، އަދި 18 އަހަރު ނުވާ ކުއްޖެއްނަމަ ބެލެނިވެރިޔާގެ ސިޓީ ހުށަހަޅަންވާނެއެވެ. މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު މަދުވުމާ ގުޅިގެން، އެ ދާއިރާ ކުރިއަރުވައި ޒުވާނުން ޝައުޤުވެރިކުރުވުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!