ޚަބަރު
ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މީގެކުރިން ނުކުރާވަރަށް މިއަހަރު ހޭދަކޮށްފައިވޭ: މާލީ ވުޒާރާ

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މީގެކުރިން ނުކުރާވަރަށް މިއަހަރުގެ ތެރޭގައި ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހުސްވި ހަފްތާގެ ނިޔަލަށް ލޯނުތައް އަދާކުރުމަށް ކުރި ހޭދައިގެ ޖުމްލަ އުޅެނީ 3.9 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ރެކޯޑްތަކުން ދައްކާގޮތުގައި މިއީ އަދި ރެކޯޑެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލޯނުތައް ދެއްކުމަށް ހޭދަކޮށްފައިވަނީ، 1.6 ބިލިއަން ރުފިޔާއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރަށް ފާސްކުރި ބަޖެޓްގައިވާގޮތުން ލޯނުތައް ދެއްކުމަށް ފާސްކުރި އަދަދަކީ  3.8 ބިލިއަން ރުފިޔާއެވެ.

ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!