ޚަބަރު
ވިޔަފާރި ކުރަން ވަޓްސްއެޕް ބިޒްނަސް ވަރަށް ސަޅި

ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ވެސް ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ހިސާބަށް މިއަދު މިވަނީ އައިސްފައެވެ. އަދި މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުން އިންތިހާ ބޭނުންވިއެވެ.

މިއަދު ދިވެހިންގެ މެދުގައި އޮންލައިން ވިޔަފާރީ އަކީ ވަރަށް ވެސް އާންމު އެއްޗެކެވެ. އޮންލައިންކޮށް ރާއްޖެއިން ބޭރުން ތަކެތި ގަނެގެން ގޭގެ ދޮރުމައްޗައް ގެނެވެއެވެ. ކަންމަތީ ފިހާރައިގެ ވައިބާ ކޮމިޔުނިޓީ ގްރޫޕުން ޓޮމާޓޯ ދަޅެއްވެސް ގަނެގެން ގެއާއި ހަމަޔަށް ފޯރުކޮށްދޭ ދިނުމަކީވެސް އޮންލައިން ވިޔަފާރިއެކެވެ. ކިތަންމެ ކުޑަ ފިހާރަ އަކަށް މިއަދު ވައިބާ ގްރޫޕެއް އިނދެއެވެ. އެގްރޫޕްގެ ސަބަބުން ވިޔަފާރީގެ އާމްދަނީ އިތުރުވެގެން ދެއެވެ.

މިފަހަރުވެސް އޮތީ މިފަދަ އުފާވެރި ވާހަކައެކެވެ. ދުނިޔޭގެ 2 ބިލިއަން މީހުން ބޭނުން ކުރަމުން އަންނަ ވަޓްސްއެޕް އިން “ވަޓްސްއެޕް ބިޒްނަސް” ހުޅުވާލި ވާހަކައަކީ ވިޔަފާރިކުރާ ފަރާތްތަކަށް ޖަވާހިރެއް ފަދަ މަންސަ އަކަށް ވެގެން ދާނެއެވެ. މިހާރު 17 މިލިއަން މީހުން ބޭނުން ކުރަމުން އަންނަ ވަޓްސްއެޕް ބިޒްނަސް އަކީ ވަރަށް ގިނަ ފީޗާރ ތަކެއް އެކުލެވޭ ވިޔަފާރި ކުރާމީހާ އާއީ ކަސްޓަމަރަށްވެސް ބޭނުން ކުރަން ވަރަށް ފަސޭހަ ގޮތަކަށް ފަރުމާ ކުރެވިފައި ހުރި އެޕެކެވެ.

ވަޓްސްއެޕް ބިޒްނަސްގެ ބައެއް ފީޗާރ ތަކަށް ބަލާއިރު އެމީހަކު އެކުރާ ވިޔަފާރީގެ ޕްރޮފައިލް އެއް ކަސްޓަމަރުންނަށް ފެންނަން ހުންނާނެއެވެ. އަދި އެއްފަހަރާ ގިނަ ކަސްޓަމަރުން މެސެޖް ކުރާ އިރު އެކަމަށް ފަސޭހަކަމެއް ގެނައުމުގެ ގޮތުން އޮޓޯ ރިޕްލައި ދެވޭނެއެވެ. މިއީ ހަމަ ގައިމުވެސް ދެފަރާތުގެ ވަގުތުވެސް ސަލާމަތް ވާނެ ކަމެއްކަން ޔަގީނެވެ.

ގަވައިދުން ވިޔަފާރި ކުރާނަމަ، ވިޔަފާރިވެރިޔާ އަށް ކަސްޓަމަރ ގެ ރޭޓިންގ ހަދާ ވަކިން ލޭބަލް ކުރެވެން އިންނަ މި އެޕުން ވިއްކަން ހުންނަ ތަކެތި ނުވަތަ ޚިދުމަތްތަކުގެ ހުރިހާ މައުލޫމާތަކާއި، އަގު ވަރަށް ފަސޭހަ ގޮތަކަށް ފެންނަން ހުރެއެވެ.

ވަޓްސްއެޕަކީ 2009 ވަނަ އަހަރު ވުޖޫދަށް ނެރެވުނު މުއާމަލާތް ކުރާ އެޕްލިކޭޝަނެކެވެ. 2020 ވަނަ އަހަރު މުޅި ދުނިޔެއިން 2 ވަނައަށް އެންމެ ގިނަ މީހުން ބޭނުންކުރި ކަމުގެ ޝަރަފު ހޯދި ވަޓްސްއެޕް ގެ ބެލެނެވެރިފަރާތަކީ ފޭސްބުކްއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!