ޚަބަރު
ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ޑިއުޓީ ނަގާ ރޭޓުން އިނާޔަތް ހޯދުމަށް އެދި ހުށައަޅާ ސެޓްފިކެޓަށް މިހާރު އެދެވޭނެ

ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލަށް ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން ލިބޭ ޑިއުޓީ އިނާޔަތް ހޯދުމަށް ހުށަހަޅަންޖެހޭ “ސެޓްފިކެޓް އޮފް އޮރިޖިން” މިހާރު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ކަސްޓަމްސްއިން ވަނީ “ސެޓްފިކެޓް އޮފް އޮރިޖިން” އަށް ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ވީޑިއޯއެއް ޢާންމު ކޮށްފައެވެ. މި ވީޑިއޯގައި ސެޓްފިކެޓަށް އެދި ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިމަނާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދިން ގޮތުގައި، ހުށަހެޅުން އެޕްރޫވްވުމުން ސެޓްފިކެޓް ޕްރިންޓްކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. އަދި ސެޓްފިކެޓްގައި ސޮއިކޮށް ސްޓޭމްޕް ޖެހުމަށްފަހު، އޭގެ ޕްރިންޓެއް ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ދޫކުރާނެއެވެ.

މި އައު ނިޒާމާ ގުޅިގެން، ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލުގެ ޑިކްލަރޭޝަން ނިންމުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޢާމަލާތްތައް އަވަސްވެގެންދާނެ ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އެކްސްޕޯޓްކުރެވޭ މުދަލަކީ ދިވެހިރާއްޖޭގެ މުދަލެއްކަން އަދި ހުށަހަޅާ ސެޓްފިކެޓް އޮފް އޮރިޖިންގެ ސައްޙަކަން ޗައިނާގެ ކަމާބެހޭ އިދާރާތަކަށާއި އިމްޕޯޓަރުންނަށް ވަގުތުން ކަށަވަރުކުރެވޭނެ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!