ޚަބަރު
ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވި، ކާމިޔާބު ދަތުރުފުޅު ނިންމަވައި ރައީސް މާލެ ވަޑައިގަންނަވައިފި

ޗައިނާގެ ރައީސް، ޝީ ޖިންޕިންގގެ ދަޢުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެން ގައުމުތަކުގެ އިސްވެރިންނާއެކު އެސް.ސީ.އޯ ޕްލަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، “މި ދަތުރުފުޅުގައި ގައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރެވިފައި”އެވެ.

މީގެއިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިއީ ރައީސް ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އެހެނިހެން ގައުމުތަކުގެ އިސްވެރިންނާއެކު ބައިލެޓެރަލް ބައްދަލުވުންތައް ބާއްވަވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!