ޚަބަރު
އަންހެނުންނަށް ހަމަހަމަކަމާއި ޤަދަރު ލިބިގެންދިޔައީ އިސްލާމްދީން ބާވައިލެއްވިފަހުން: ހުތުބާ

އިސްލާމްދީން ބާވައިލެއްވުމުގެ ކުރިން އަންހެނުންނަށް އެއްވެސް މަޤާމެއް ނޯންނަ ކަމަށާއި، އަންހެނުންނަށް ހަމަހަމަކަމާއި ޤަދަރު ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވިފަހުން ކަމަށް ހުތުބާގައި ބުނެފި އެވެ.

“ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވުން” މި މައުޟޫއަށް ދިން މި ޚުޠުބާގައި، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުމުގެ މުހިންމުކަމާއި، އެ ލޯތްބަކީ ކޮބައިކަން ތަފްޞީލުކޮށްދީފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގެ އަނިޔާއާއި ބޭއިންސާފުން ފުރިފައިކަމަށެވެ. އެދުވަސްވަރު ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތްމަތީގައި ކަމަށާއި، މީސްތަކުން ތިބީ އެކި ފަންތިތަކަކަށް ބަހާފައި ކަމަށް ޚުޠުބާގައި ބުންޏެވެ. އެއީ ޤަދަރުވެރީންނާއި ނިކަމެތީންނާއި، ސާހިބުންނާއި އަޅުންގެ ގޮތުގައެވެ. ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށް ފެތުރިފައިކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވާ ގޮތުން، އެ ޒަމާނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތް ކަމަށާއި، ވާރުތައިން ލިބޭ ހިއްސާއެއް ނޯންނަ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އިސްލާމްދީން އައުމުގެ ކުރިން ޢަރަބީންގެ ތެރޭގައި އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ވެސް އާންމުކަމެއް ކަމުގައި ފާހަގަކުރައްވައި، މީސްތަކުން ހިދާޔަތުގެ އަލިކަމަކަށް އެދިއެދި ތިބި ދަނޑިވަޅެއްގައި މާތް ﷲ، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ފޮނުއްވީ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވޭނެ މަގުކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން މިތުރުންނަށްވެ، ނަރަކައިން މިންޖުވެ ސުވަރުގެ ވަދެވޭނެ މަގު ފަހިވީ ކަމަށް ވެސް ޚުޠުބާގައި ހިމަނާފައިވެއެވެ. މާތް ﷲ ގެ ވަޙީބަސްފުޅެއްގެ މާނައިގައިވާ ގޮތުން، މާތް ﷲ ދެއްވި ނިޢުމަތްތައް ހަނދުމަކުރުމަށް އަމުރުކުރައްވައި، ޢަދާވާތްތެރިންކަމުގައި ތިބި ބަޔަކުގެ ހިތްތައް އެކުވެރިކުރައްވައި، ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ތިބި ބަޔަކު އެއިން ސަލާމަތްކުރެއްވި ކަމުގެ ވާހަކަ ވެސް ޚުޠުބާގައި ހިމަނާފައިވެއެވެ.

ޚުޠުބާގައި ބުނިގޮތުގައި، ޖިންނީންނާއި އިންސީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވެވި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާ، މާތް ﷲ އަމުރުކުރައްވައިފައިވާ، އަދި އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުމާއި، ތިމާ އެ މީހަކު ދެކެ އެންމެ ލޯބިވާ މީހަކީ އެކަލޭގެފާނު ކަމުގައި ވުން ހިމެނެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “އެ މީހެއްގެ މައިންބަފައިންނާއި ދަރީންނާއި އެންމެހައި މީސްތަކުން ދެކެ ވާ ލޯތްބަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ.” މި ޙަދީޘުގެ މާނައަށް ބަލާއިރު ކީރިތި ރަސޫލާ ދެކެ ލޯބިވުމާއި އީމާންކަމާ ގުޅިފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އަދި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ އަރިހުގައި އަޑު މަޑުކުރުމާއި، އެކަލޭގެފާނަށް އިޙްތިރާމުކުރުން ހިމެނޭ ކަމަށާއި، އެކަލޭގެފާނުގެ ޝަޚްސިއްޔަތާއި ސުންނަތް ދިފާޢުކުރުމާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއި އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އޭގެ މިސާލެއްގެ ގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ކުރިމަތިވެވަޑައިގަތް އިފްކުގެ މައްސަލައިގައި އެކަމަނާ ބަދުނާމުކޮށް ވާހަކަ ފެތުރި މީހުންނަށް މާތް ﷲ ކޯފާގެ ބަސްފުޅު ވަޙީކުރެއްވި ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޤުރްއާނާއި ކީރިތި ރަސޫލާ صلى الله މުސްލިމުން އެކަތިގަނޑަކަށް ވުމަށް މާތް ﷲ ވަނީ އަމުރުކުރައްވާފައި ކަމަށާއި، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބުމަށް ގޮވާލައްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم އަކީ އުއްމަތަށް ނުހަނު އޯގާވެރި، ދީލަތި، އަދި ކުށްތަކަށް މަޢާފުކުރެއްވުމުގައި ނަމޫނާ ބޭކަލެއް ކަމަށް ވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

އެހެންދުވަސްތަކެކޭ އެއްފަދައިން ޚުޠުބާ ނިންމަވާލައްވަމުން، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ޞަލަވާތް ކިޔެވުމަކީ މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެއް ކަމަށް ހަނދާންކޮށްދެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: “ހަމަކަށަވަރުން، ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި، ތިޔަބައިމީހުން، ގިނަގިނައިން ދުޢާކުރާށެވެ!”

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!