މޯލްޑިވްސް އިމިގްރޭޝަންއިން “އިމިގްރޭޝަން އިންސައިޓްސް”ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްޞީލާއެކު އާންމުންނަށް ފޯރުކޮށްދިނުންކަމުގައި އެއިދާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ޙިދުމަތްތަކުގައި އޮޅުން އަޅާ، ހުރިހާ ކަމެއް ސާފުކޮށްދެވިގެންދާނެކަމަށެވެ.
މޯލްޑިވްސް އިމިްގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ ކެންޕޭނަކީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.