ޚަބަރު
ރަހީނުކޮށް މަރާލި ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

ރަހީނުކޮށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ ހަށިގަނޑު ރޭ ވަޅުލައިފި އެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައާއި ގުޅިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ކުއްޖާ ފެނުނު އިރު މި ކުއްޖާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމުގެ ނިޝާންތަށް ހުއްޓެވެ.

މި މަރުގެ ހަގީގަތް ހޯދުމަށްޓަކައި، މިމަހުގެ 5 ވަނަ ދުވަހު  އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. މިކުއްޖާގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ސީދާ ލިބޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށް ފުލުހުން ބުނެއެވެ.

މި މަރާއި ގުޅިގެން ދެ މީހަކު މިހާރު ހައްޔަރުކޮށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފައެވެ. މި މައްސަލާއި ގުޅިގެން ހައްޔަރު ކުރި 27 އަހަރުގެ މީހާވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. މި ދެމީހުންނަކީވެސް މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ އެކުވެރިން ކަންވެސް ފާހަގަކޮށްލެެވެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، މި ދެމީހުންނާއި ދެކޮޅަށް ފުދޭވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!