ޚަބަރު
ތިނަދޫ ސިޓީގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ތިނަދޫ ސިޓީގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިމާރަތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ތިނަދޫ ސިޓީގައި އިމާރާތްކޮށްފައިވާ 200 ރޯހައުސް ދޫކުރުމާ ގުޅޭ އުޞޫލު (އުޞޫލު ނަންބަރު 2025/G-17 – ތިނަދޫ ސިޓީގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

މި އުޞޫލުގެ ދަށުން ރޯ ހައުސްއަށް ޝަރުޠު ފުރިހަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 7 ސެޕްޓެންބަރު 2025 ގެ 9:00 އިން ފެށިގެން 7 ނޮވެންބަރު 2025 ގެ 23:59 ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004919 ނަންބަރު ފޯނަށް ގުޅުއްވުމަށް ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ socialhousingprograms@infrastructure.gov.mv އަށް އީމެއިލް މެދުވެރިކޮށްވެސް ފޮނުވޭނެއެވެ.

އުޞޫލުގައި ވާގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

ތިނަދޫގައި އިމާރާތް ކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމަ ބެހޭ ވުޒާރާގެ ހުއްދަނުހޯދާ ކަމުން އެ އިޢުލާން ބާތިލްކުރިއެވެ.

ތިނަދޫގައި 200 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!