ޚަބަރު
ބިދޭސީންގެ ފީތައް ނުދައްކާ އޮތް 8000 އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑު!

ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކާ 8000 އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަ ކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ބިދޭސީންނާއި ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިހާރު ނިޒާމު ބައްޓަންކުރަމުންދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާއި ގުޅުންހުރި އެއްވެސް ޚިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭގޮތަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ.

އެވުޒާރާއިން ބުނެފައިވަނީ މީގެ ތެރެއިން ބިދޭސީންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި 8900 ފަރާތް މިހާރު އެކްސްޕެޓް ޕޯޓަލްގެ ތެރެއިން ސަސްޕެންޑުކޮށް ޚިދުމަތް މެދުކަނޑާލާފައިވާކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!