ޚަބަރު
ސްޓެލްކޯ ގެ އެމްޑީ ގެ މަގާމުން ފަހުމީ ވަކިކޮށް އެމަގާމަށް ޝަމާހު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މ. ފަތަޙަ، ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މ. ސިސްކިން، އަހްމަދު ޝަމާހު ރަޝީދު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިކަން އިއުލާނުކުރިއިރު، ފަހުމީ އެ މަގާމުން ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ހުސައިން ފަހުމީއަކީ ސްޓެލްކޯގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގެން، ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ފުރުއްވުމަށްފަހު، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ކުރިއަރައި ވަޑައިގަތެވެ. ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ޝަމާހަކީ މިފްކޯގެ ސީއީއޯގެ މަގާމުން މިދިޔަ އަހަރުގެ މެއި 21 ގައި ވަކިކުރެވުނު ބޭފުޅެކެވެ. މިފްކޯގެ ސީއީއޯކަމުގައި ހުންނެވިއިރު، ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ސަސްޕެންޑްވެސް ކުރެވުނެވެ.

ޝަމާހު އެންމެ ފުރަތަމަ ސަސްޕެންޑްކުރެވުނީ މާރިޗު 18 ގައެވެ. އަދި އެޕްރީލް 21 ގެ ނިޔަލަށް އެ ސަސްޕެންޝަން އިތުރުކުރެވުނެވެ. ނަމަވެސް އޭނާގެ ސަސްޕެންޝަން އުވާލުމަށް ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ. އޭގެ ފަހުން މެއި މަހު އޭނާ ވަނީ މަގާމުން ވަކިކުރެވިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!