ޚަބަރު
ހިދުމަތް ކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ މުއިއްޒަށް ފަހުމީގެ ޝުކުރު،

ހިދުމަތް ކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި, ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މިއަދު ވަކިކުރެއްވި ހުސެއިން ފަހުމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފަހުމީގެ ބަދަލުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އަހުމަދު ޝަމާހެވެ. ނަމަވެސް ފަހުމީ އެ މަގާމުން ވަކިކުރެއްވި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ހާމަކުރައްވާފައެއް ނުވެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯގެ ކާމިޔާބީއަށް މަގުފަހިކޮށްދެއްވި އެގްޒެކެޓިވުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި “އަޅުގަނޑުމެން އެންމެން ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކާމެދު، އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަން” ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުސެއިން ފަހުމީއަކީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގެން، ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ފުރުއްވުމަށްފަހު މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ކުރިއަރައިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ފަހުމީ ވަނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކާމިޔާބީއާއި ކުރިއެރުން އެދިވަޑައިގެންފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!