ޚަބަރު
ރައީސް ޑރ މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މާފަރުފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިފި

ސަޢުދީ ޢަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވަރސިޓީން، ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ޢިލްމީ އަގުހުރި 64,000 ފޮތް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީއާއި އެ ޔުނިވަރސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސުލައިމާން އަލް އަރަޖާއެވެ.

މި ދީލަތި ހަދިޔާގެ ގޮތުގައި ލިބުނު ފޮތްތަކާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ ފަދަ އަޚުވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ހިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމް މުހައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިޚްލާސްތެރި ޝުކުރާއި ތަޢުރީފު ދަންނަވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް، އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްގަހްތާނީއާއި އެ ޔުނިވަރސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސިލައިމާން އަލް އަރަޖާވެސް ވާހަކަފުޅު ދެއްކެވިއެވެ.

އޭގެ އިތުރުން އެ ޔުނިވަރސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވަރސިޓީއަށް ވަނީ އަރުވާފައެވެ. މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ފޮތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިސްލާމީ ޢިލްމު އުނގެނުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!