މުނިފޫހިފިލުވުން
ފަތިސްތަރި: ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ފަރުވާކުޑަ ނުކުރާށެވެ!

ދަރިއަކު ލިބުމަކީ ކޮންމެ އަންހެނަކަށްވެސް ދުނިޔެމަތިން ލިބޭ އެންމެ ވަރުގަދަ ތަޖުރިބާއާއެކު އެންމެ އުއްމީދީ އަދި އަބަދަށްދެމިގެންދާ އުފާވެރި ހަދިޔާވެސް މެއެވެ. ނަމަވެސް ވިހެއުމުގެ ފަހަތުން އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކަކީ ގިނަ މައިން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކެކެވެ. ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކަށް ރަނގަޅަށް ފަރުވާތެރި ނުވެއްޖެނަމަ، އޭގެ ސަބަބުން ދިގު މުއްދަތެއްގައި ދިމާވެދާނެ ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މާބަނޑު ދުވަސްވަރު އަދި ވިހެއުމާ ގުޅިގެން އަންހެނުންގެ ހަށިގަނޑަށް އަންނަ އެންމެ ބޮޑު އެއް ބަދަލަކީ ބަރުދަން އިތުރުވުމެވެ. މިގޮތުން އާންމުކޮށް އެއް ކިލޯއާއި ދެ ކިލޯއާ ދެމެދުގެ މިންވަރަކަށް ބަރުދަން އިތުރުވެއެވެ. މިއީ ބަނޑުގައިވާ ކުއްޖާ، މަސް، ދަރިފުޅު ރައްކާތެރިކުރާ ދުލީގައިވާ ފެން، އުރަމަތީގެ ޓިޝޫތައް، ލޭ، ރަހިމުގެ ފުޅާވުން، އިތުރުވާ ފެޓްސް އަދި ގާތުން ކިރުދިނުމުގެ ސަބަބުން މެދުވެރިވާ ޤުދުރަތީ ބަދަލުތަކެކެވެ.

ވިހެއުމަށްފަހު އިތުރުވާ ބަރުދަނަކީ ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން އުމުރާ ނުބައްދަލު މިންވަރަށް ބަރުދަން އިތުރުވުމާއި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމާއި އަދި ދެވަނަ ބަލިވެއިނުމެއްގައި ދަތިތަކާ ކުރިމަތިލާން ޖެހުން ފަދަ ކަންކަން ދިމާވެދާނެއެވެ. މީގެ އިތުރުން މިއީ ބައެއް ކައިވެނިތައް ރޫޅުމަށް މެދުވެރިވާ ސަބަބެއްކަމަށްވެސް ބައެއް ފަހަރު ވެފައި ހުރުމަކީ ގަބޫލުކުރަން އުނދަގޫވިޔަސް ހަގީގަތެކެވެ.

މި މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް އެކުލަވާލުން މުހިންމެވެ. މީގެ ތެރޭގައި ކެއުމާއި ކަސްރަތު ކުރުމަށް ވަކި ހާއްސަ ގަޑިތަކަކާއި މިންގަނޑުތަކެއް ކަނޑައެޅުން ހިމެނެއެވެ. ޚާއްޞަކޮށް ގާތުން ކިރުދޭ މައިން ފައިދާހުރި މޭވާއާއި ތަރުކާރީ އަދި ކިރުގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ. ގާތުން ކިރުދިނުމަކީ ސިއްހީގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމަކަށްވާތީ، އެކަން ހުއްޓާނުލައި ރަނގަޅު ކާނާ ލިބޭގޮތަށް ކުރިއަށް ގެންދިއުން މުހިންމެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ތާޒާ މޭވާއާއި ތަރުކާރީ، ބަދަލުގެ ބާވަތްތަކާއި ޔޯގަޓް ފަދަ ތަކެތި ބޭނުންކުރުމާއެކު، ގިނަގިނައިން ފެންބުއިމާއި، ގަވާއިދުން އަރާމުކުރުން މުހިންމެވެ. އަދި މިއާއެކު ޑޮކްޓަރުގެ ލަފާގެ މަތިން ލުއި ކަސްރަތުތައް ކުރުމަކީވެސް ބަރުދަން ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދަރިން ލިބުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ޤުދުރަތީ ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ. މިފަދަ ހާލަތްތަކުގައި ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އަންހެނެއްގެ ޖިސްމާނީ ސިފައަކީ އޭނާގެ އަގު ވަޒަންކުރާނެ މިންގަނޑު ނޫންކަން ފިރިހެނުން ދަންނަންވާނެއެވެ. ދެމަފިރިންގެ ދިރިއުޅުމާއި ދަރިންގެ މުސްތަގުބަލަށްޓަކައި މިފަދަ ކަންކަމަށް ދެމީހުންވެސް ސީރިއަސްކޮށް ވިސްނައި، އެކުގައި މަސައްކަތްކުރުން މުހިންމެވެ.

ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކަށް ފަރުވާތެރިވުމަކީ ދުޅަހެޔޮ ސިއްހަތަކަށާއި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މިކަމުގައި ކެތްތެރިކަމާއެކު ސާބިތުކަމާއެކު ކުރިއަށްދިއުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިކަމުގައި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!