ޚަބަރު
އައްޑޫގައި އިނގިރޭސިން ތިބިއިރު އިމާރާތް ކުރެވުނު ތާރީޚީބިނާ މަރަދޫ ‘ބޮނޑޮގޭ’ ގައި އާޓް ގެލެރީއެއް ހުޅުވަނީ

އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ ތާރީޚީ “ބޮނޑޮގޭ” ގައި އާޓް ގެލެރީއެއް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މި ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ގެލެރީއަށް ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންޖެހޭނީ “އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިސާދު” ކަމުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެކެވެ. އޭގެ ފަހުން ތަފާތު އެކި ދުވަސްވަރު އެކިއެކި ކަންކަމަށް ބޭނުންކޮށްފައި ވާއިރު ސިއްހީ ހިދުމަތް ދޭ ތަނެއްގެ ގޮތުގަ އާއި މަރަދޫ މަކުތަބާއި އަތޮޅު ގެއާއި މަަރަދޫ ސްކޫލް ރަށު އޮފީސް ހިންގުމާއި ސިނަމާއެއްގެ ގޮތުގައި ވެސް އިމާރާތް ބޭނުންކޮށްފައިވެ އެވެ. މި އިމާރާތަކީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތް ކަމުގައި ފާހަގަކުރެވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، އާޓް ގެލެރީ ގާއިމުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މި މަޝްރޫޢުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން މަސައްކަތް ފުރިހަމަކުރުމަކީ ކައުންސިލުގެ އެދުމެއް ކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9900533 ނަންބަރާ ގުޅުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!