ޚަބަރު
ގެދޮރުވެރިޔާ ސްކީމގެ 4،000 ފްލެޓު: 588 މީހުން ޑިޕޮސިޓް ދައްކައިފި

މިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރި 4،000 ފްލެޓަށް 500 އަށް ވުރެ ގިނަ ފަރާތްތަކުން ޑިޕޮސިޓް ދައްކާފައިވާ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.

އެފްޑީސީން މަޢުލޫމާތު ދިން ގޮތުގައި މިހާތަނަށް ޑިޕޮސިޓް ދެއްކުމަށް 909 ފަރާތެއް ތާވަލު ކުރެވިފައިވާއިރު، އޭގެ ތެރެއިން 588 ފަރާތަކުން ވަނީ 25,000 ރުފިޔާގެ ޑިޕޮސިޓް ފައިސާ ދައްކާ ނިންމާފައެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ފްލެޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ޕޯޓަލް މެދުވެރިކޮށް ފަށާފައިވާއިރު، ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވުމަށް ޕޯޓަލާއި އެސްއެމްއެސް މެދުވެރިކޮށް އަންގަމުން ގެންދާނެއެވެ. މި 4،000 ފްލެޓުގެ ތެރެއިން އެންމެ ފުރަތަމަ ހަވާލުކުރަން ހަމަޖެހިފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

އެފްޑީސީން އިތުރަށް ހާމަކުރި ގޮތުގައި ފްލެޓްތައް ހަވާލުކުރެވޭއިރު އެ ތަންތަނުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި މި ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ތެރެއިން 3,000 ފްލެޓުގެ ވެރިފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

ނަމަވެސް ފްލެޓްތަކަށް ވަދެވޭނެ ވަކި ތާރީޚެއް އަދި އެފްޑީސީން ހާމަކޮށްފައެއް ނުވެއެވެ. ފްލެޓްތައް ހަވާލުކުރެވޭނީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ 25,000 ރުފިޔާ ދެއްކުމުންކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!