ޚަބަރު
މިޑީއާ ކޮމިޝަންގެ އިންތިޚާބު މިމަހު 11 ގައި؛ ވޯޓާސް ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ޝަކުވާއަށް ހުޅުވާލައިފި

މީޑިއާ ކޮމިޝަނުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީއަށް ގެނެވުނު ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ގެޒެޓުކޮށްފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިރޭ 10:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކުރި އިޢުލާނުގައިވާ ގޮތުން، ކުރިން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ރަޖިސްޓްރީން 18 ފަރާތެއް ވަނީ އުނިކޮށްފައެވެ. އަދި އިތުރު 64 މީޑިއާ އަދި ބްރޯޑްކާސްޓަރުން ވަނީ ރަޖިސްޓްރީއަށް އިތުރުކޮށްފައެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ޝަކުވާ ފޯމު ލިބެން ހުންނާނެއެވެ. ފުރިހަމަކުރާ ފޯމު ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް registration@elections.gov.mv އަށެވެ.

މީޑިއާ ކޮމިޝަނުގެ އިންތިޚާބު އޮކްޓޯބަރު 11 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އައު ޤާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުންނެވެ. އޭގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކަމަށްވާއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ޤާނޫނުގައިވާ ގޮތުން އޮކްޓޯބަރު 17 ގެ ކުރިން މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރަން ޖެހެއެވެ. މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!