ޚަބަރު
ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ޕީޖީ އޮފީހުން ޚާއްސަ މަސައްކަތްތަކެއް!

ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކުރައްވަމުން ވިދާޅުވި ގޮތުގައި، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާ އުފުލުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ. އަދި ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމަށާއި، މި މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އޭސީސީގައި ދަންނަވާފައިވާކަމަށް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަތަކާ ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، “ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، ޕީޖީއަށް ހުށަހެޅުމަށް 19 ޖަނަވަރީ 2025 ދުވަހު އޭސީސީގައި ދަންނަވާފައިވާނެ” ކަމަށެވެ. އަދި މި އެއްބަސްވުންތަކާ ގުޅޭ މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށްގޮސްފައިވާ ހިސާބު 8 އޮކްޓޫބަރު 2025 ގެ ކުރިން ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވެއެވެ.

މި މައްސަލަތައް އަވަސްކުރުމަށްޓަކައި ޕީޖީ އޮފީހުން ވަނީ 24 ގަޑިއިރު މަސައްކަތްކުރެވޭނެ ޚާއްޞަ ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައެވެ. އަދި މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމުންގެ ބައި ބެލުމަށް ފުލުހުންނާއި އޭސީސީ ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ ތަކެތި ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ. މި މަސައްކަތްތަކަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޕީޖީ އޮފީހާއި، އޭސީސީއާއި، ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!