ޚަބަރު
އެމްޑީޕީން ހުއްދައާ ހިލާފުވުމުން، ފުލުހުން މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީން މިރޭ ކުރިއަށް ގެންދާ “ލޫޓުވައިފި” މުޒާހަރާގެ ބައިވެރިން ގާނޫނާ ހިލާފުވުމުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިވަގުތު މުޒާހަރާގެ ބައިވެރިން ތިބީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި މުޒާހަރާ ފެށުމާއިއެކު ސަރަހައްދު ދޫކޮށް ދިއުމަށް އަންގާ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހާފައެވެ.

މުޒާހަރާ ފުރަތަމަ ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވި އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާގެ ބައިވެރީންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވިއެވެ.

އަދި އޭގެ ފަހުން ގޮވާލީ މަގުމައްޗަށް ނިކުތުމަށެވެ. އެހެން ކަމުން މުޒާހަރާގެ ބައިވެރީން ވަނީ މަޖީދީމަގަށް ނިކުމެފައެވެ. އޭރު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަަންދުކޮށްފައެވެ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ހަރަކާތްތެރިވަމުން ދިޔައެވެ.

ފުލުހުން ބުނީ، އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށާއި، އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައެވެ. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް އެއާ ހިލާފު ވެފައިވާ ކަމަށް ފުލުހުން ވަނީ  ބުނެފައެެވެ.

އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށާއި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުންކަމަށް ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!