ޚަބަރު
ތިނަދޫ ސިޓީގައި، އިޖުތިމާޢީ ސިއްޙަތާއި ދުޅަހެޔޮކަމާ ބެހޭ ބޮޑު ކޮންފަރެންސެއް ބާއްވަނީ

ތިނަދޫ ސިޓީގައި “ސަދަން ކޮންފަރެންސް ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ވެލްބީންގ” ގެ ނަމުގައި އިޖުތިމާޢީ ސިއްޙަތާއި ދުޅަހެޔޮކަމާ ބެހޭ ބޮޑު ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް އިންތިޒާމުކުރަނީ ކޮމިއުނިޓީ ނާރސް ވޮލަންޓިއަރސް، ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޔުނިސެފް ގުޅިގެންނެވެ.

އޮކްޓޯބަރ 8 އާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ކުރިއަށް ގެންދެވޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ހެލްތުގެ އެއްބާރުލުމާއެކުގައެވެ. މި ކޮންފަރެންސްގައި ހުވަދު އަތޮޅު، އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގެ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނާއި، އިޖްތިމާޢީ ދާއިރާގެ މަސައްކަތްތެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ

  • ދެކުނު ސަރަޙައްދުގެ ސިއްޙީ ގޮންޖެހުންތައް ފާހަގަކުރުމާއި،
  • ސިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢުގެ ފަރާތްތަކަށް އެބޭފުޅުންގެ ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ދިނުން،

ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހްމަދު އަޝްރަފް، އަދި ހޮސްޕިޓަލުގެ ނަރުހުން،

މީގެ އިތުރުން، ކޮންފަރެންސް ނިމޭއިރު، ފާހަގަކުރެވޭ މައްސަލަތަކަށް އަވަސް ޙައްލުތަކެއް ހިމެނޭ ރެކޮމެންޑޭޝަންތަކެއް އެކުލަވާލެވި، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޚާއްޞަ ނެޓްވަރކްތަކެއް ޤާއިމުކުރެވޭނެއެވެ.

ކޮންފަރެންސްގެ ތައްޔާރީގެ ގޮތުން 18-19 އެޕްރީލް 2025 ގައި ތިނަދޫ ސިޓީގައި ޕްރީ-ކޮންފަރެންސް ވޯކްޝޮޕެއް ބޭއްވިފައިވާއިރު، 25 ސެޕްޓެމްބަރުގައި އޮންލައިން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޮންފަރެންސްގައި ދެކުނު ސަރަޙައްދުގެ އިޖްތިމާޢީ އަދި ސިއްޙީ ކަންކަމާ ގުޅޭ ކަރުދާސްތައް ހުށަހެޅި، އެ ކަރުދާސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި އިޖްތިމާޢީ އަދި ސިއްޙީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ހަރަކާތްތައް ފާހަގަކޮށް، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!