ޚަބަރު
ކާމިޔާބު ގިނަ ޝޯވ ތަކަކަށްފަހު ކަނބުލޮ އޮލިމްޕަސް ދޫކޮށް ޝްވެކް ސިނަމާއަށް، ތަރުހީބު އަދިވެސް ހަމަ އެހާ ބޮޑު!

ރާއްޖޭގެ ފަހުގެ ތާރީޚުގައި އެންމެ ކާމިޔާބު ފިލްމް “ކަމަނާ” އުފެއްދި ޓީމުން، އެފިލްމުގެ މައްޗަށް އިތުރު ރެކޯޑެއް ގާއިމުކުރު ފިލްމު “ކަނބުލޮ” އޮލިމްޕަސް ސިނަމާގައި ކާމިޔާބު ގިނަ ޝޯވތަކެއް ދެއްކުމަށްފަހު އޮލިމްޕަހަށް ވަދާއު ކިޔައިފިއެވެ. ފިލްމު އޮލިމްޕަހުން ނެގުމުން އެކަމާ ކަންބޮޑުވެ، އިތުރަށް ދެން ފިލްމު ބަލަން ނުލިބޭނެ ކަމަށް ދެރަވި ބަޔަކުުވެސް ތިއްބެވެ. މަސް ފެށުމުން ފިލްމު ބަލަން ދާން ޕްލޭން ކޮށްފައިވާނަމަ އެކަމާ ދެރަނުވާށެެވެ. ކަނބުލޮ ދެކެ ތިހާ ލޯބިވާ ބެލުުންތެރިން އެހާ އަވަހަށް މާޔޫސްވިޔަ ނުދޭނެތާއެވެ. ކާމިޔާބު ގިނަ ޝޯވތަކަކަށްފަހު ކަނބުލޮ އެ މިސްރާބު ޖެހީ ހުޅުމާލެއަށެވެ. ދެން ކަނބުލޮ ބަލަން ދާންވީ ޝްވެކް ސިނަމާއަށެވ.

އޮލިމްޕަސް ސިނަމާގައި ދެއްކި 54 ޝޯވގެ ތެރެއިން 52 ޝޯވ ހައުސްފުލްވެފައިވާ ކަނބުލޮގެ ޝޯޥތައް އަތޮޅުތެރެއިންވެސް ހޯދި ކާމިޔާބީ ބޮޑެވެ، ރާއްޖޭގެ އެކި ރަށްރަށުގައި 167 ޝޯވއާއި، ރިސޯޓުތަކުގައި 10 ޝޯވ އަދި ސްރީލަންކާގައި 3 ޝޯވއާއި ބެންކޮކްގައި އެއް ޝޯވ ހިމެނޭގޮތަށް މިހާތަނަށް ކަނބުލޮގެ ޖުމްލަ 235 ޝޯވ ވަނީ ދައްކާފައެވެ،

އޮލިމްޕަސް ސިނަމާއަކީ ވަކި މުއްދަތަކަށް ނެގޭ ތަނަކަށްވެފައި، އެހެން ފިލްމުތަކަށްވެސް ފުރުސަތު ދޭންޖެހޭ ތަނަކަށްވުމުން، “ކަނބުލޮ” ވެސް އޮލިމްޕަހުގެ ދަތުރު ނިންމާލައި، ހުޅުމާލޭގެ ޝްވެކް ސިނަމާއަށް ބަދަލުވީއެވެ. މިގޮތުން ހަވީރާއި ރޭގަނޑުގެ ދެ ދަމަށް ބަހައިގެން ގެންދިޔަ ފިލްމު މިހާރު ބަލަން ދާންވީ ޝްވެކް ސިނަމާއަށެވެ.

2009 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ބޭއްވި މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު “ޔުކްތާ” އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ޖިންސީ އަނިޔާގެ މައްސަލަތަކާއި، އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދޭ މެސެޖްތަކެއް ހިމެނޭ ފިލްމެކެވެ.

ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އިސްމާއީލް ރަޝީދު، މަރިޔަމް އައްޒަ އަދި އަހުމަދު ނިމާލް ފަދަ ގިނަ ތަރިން ބައިވެރިވެފައިވާއިރު، މި ފިލްމަކީ ހަމައެކަނި ފިލްމެއްގެ ގޮތުގައި ނިންމާލެވޭ ވަރަށްވުރެ ވަރުގަދަ، އިބްރަތްތެރި މެސެޖެއް ބެލުންތެރިންނަށް ފޯރުކޮށްދިން ފިލްމެއްގެ ގޮތުގައި ފަންނުވެރިން ވަނީ ފާހަގަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!