ޚަބަރު
އިހަވަންދޫ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ހއ. އިހަވަންދޫ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުންގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އާރްޑީސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ ޒަމާނީ ހިނގުމުގައި ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން ބެކް ފިލިންގގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހުއެވެ. 102,846,733.89 ރުފިޔާގެ މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވިފައިވަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) މަސައްކަތްތަކުގެ ދަށުންނެވެ.

އާރްޑީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ އިތުރުން ސީއެސްއާރުގެ ދަށުން މާލެ އާއި އެހެނިހެން ރަށްރަށުގައިވެސް އެކި މަސައްކަތްތައް އެ ކުންފުނިން ވަނީ ކޮށްފައެވެ. މި މަސައްކަތްތަކަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

އިހަވަންދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް މަގުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް އާރްޑީސީން އުންމީދު ކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!