މާމިގިލީ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުގައި ބޭނުންކުރާ ވެހިކަލްތަކުގެ މެއިންޓަނަންސް މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު އާރްޑީސީން ހާމަކޮށްފައިވަނީ މިއަދު މީސްމީޑިއާގައި ދިން އަޕްޑޭޓެއްގައެވެ. އެގޮތުން، މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތާރު އެޅުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މެޝިނަރީތަކާއި ވެހިކަލްތަކުގެ މެއިންޓަނަންސް މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މިދިޔަ މަހު އާރްޑީސީން ދިން އަޕްޑޭޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާމިގިލީ ޖަވާހިރު މަގުގައި ދުވާރު ލެވެލް ކުރުމާއި ގާ ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މާމިގިލީ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ގާއިމުކުރުމަށް ހިންގާ މަޝްރޫޢެކެވެ.