ޚަބަރު
ދިގުރަށު ސްކޫލުގެ އައު އިމާރާތާއި މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

އދ. ދިގުރަށުގެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސްރޫއު “ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝް” އާރުޑީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން މި މަޝްރޫއުތައް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

ދިގުރަށު ސްކޫލުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ނަޒީމު ސޮއިކުރެއްވިއިރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިސްމާއީލް ޝަފީއެވެ.

ދިގުރަށު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން…. ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!