ޚަބަރު
ރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރާ ވެރިއަކު ނުދެކެން: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން އިޚްލާސްތެރި ނިޔަތެއް އޮވެގެން ރާއްޖޭގެ ތަރައްޤީއަށް މިހާ ގިނަ މަސައްކަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށް މާމަގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޤާސިމް މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ފެންފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ. ޤާސިމް ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުށީ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ރާއްޖެ މިއަދު ދެކެމުންދާ ތަރައްޤީގެ ފެށުން އައުމުގައި ރައީސް މުޢިއްޒު އުފުއްލަވާފައިވާ ބުރަ ފަސޭހައެއް ނޫން ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. ވަރަށް ގިނަ ލީޑަރުންނާއި ރައީސުންނާއެކު މަސައްކަތްކުރެއްވި ތަޖުރިބާކާރު ސިޔާސީ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ރައީސް މުޢިއްޒު ފަދައިން އިޚްލާސްތެރި ނިޔަތެއް އޮވެގެން ރާއްޖޭގެ ތަރައްޤީއަށް މިހާ ގިނަ މަސައްކަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

“އަޅުގަނޑު ހަމަ ގައިމުވެސް ހެކިވަން ރާއްޖޭގެ ދޮށީ މީހެއްގެ ހައިސިއްޔަތުން — ގިނަ ކަންތައްތަކެއް ދުށް މީހެއްގެ ހައިސިއްޔަތުން އަދި އަމަލީ ގޮތުން ގިނަ ކަންތައްތަކެއް ކުރި އަދި ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން އޮތީ 2008 ވަނަ އަހަރުގެ ފެށިގެން މިހާތަނަށް އަޅުގަނޑު ނުދެކެން މަނިކުފާނު (ރައީސް މުޢިއްޒު) މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާ އަޒުމާ އެކީގައި ކުރިއަށް، އިޚްލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވާ އެއްވެސް ވެރިއަކު އަޅުގަނޑު ނުދެކެން،” ޤާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ވާހަކަފުޅުތަކަކީ ރައީސް މުޢިއްޒަށް ހުޝާމަދު ކުރެއްވުމަށް ދެންނެވި ވާހަކަފުޅުތަކެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނަށް ތަޖުރިބާ ކުރެއްވުނު ހަޤީޤަތް ކަމުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!