ނަސޭހަތް
ފަތިސްތަރި: މާގިނައިން ގޭސްވުން، ނުވަތަ ވައިގެ އުނދަގޫވާނަމަ، ސަމާލުވާންވީ ބައެއް ކަންތަކާއި އަވަސް ފަރުވާ!

ގޭސްވުން ނުވަތަ ބަނޑުފުއްޕުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމުގައި ވައި އުފެދި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިކަމުގެ ސަބަބުން ބަނޑުގައި ރިއްސުމާއި، އުނދަގޫވުމާއި، ނުރަނގަޅު އިހުސާސްތައް ކުރިމަތިވެއެވެ.

ގޭސްވުމުގެ މައިގަނޑު ސަބަބުތައް

ގޭސްވުމުގެ މައްސަލަ ދިމާވަނީ އެކި ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި:

  • އަވަސް އަވަހަށް، ގިނައިން ކެއުން
  • ގޭސް އުފައްދާ ކާނާ (އަލުވި، ބަރަބޯ، ލޮބިޔާ ފަދަ ތަކެތި) ގިނައިން ކެއުން
  • ފިޒީ ބުއިންތައް ބޭނުންކުރުން
  • ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައް
  • ފައިބަރުގެ މިންވަރު އެކަށީގެންވާ ވަރަށް ނުހުރުން

ގޭގައި ކުރެވިދާނެ ފަރުވާތައް

ގޭސްވުމުގެ މައްސަލައަށް ގޭގައި ކުރެވިދާނެ ގިނަ ފަރުވާތަކެއް ހުރެއެވެ. މީގެ ތެރޭގައި:

  • ޕެޕަރމިންޓް، ޖިންޖަރު، ކެމޮމައިލް ފަދަ ހޫނުފެން ބުއިން
  • ކާފޫރުތޮޅި، ފޮނިތޮޅި، އަސޭމިރުސް، ކަރަންފޫ، ދިރި، ފަދަތަކެތީގެ މަސާލާ ބުއިންތައް
  • ކެއުމަށްފަހު ކުޑަކޮށް ހިނގާލުން، ކުޑަކުޑަކޮށް ނަމަވެސް ކަސްރަތު ހުރުން
  • ހޫނު ފެން ބުއިމާއި ހޫނު ފެނުން ވައިހެދި ފުފިފައިވާ ދިމާލުުން ބޮނޑިތާންކުރުން،

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

ގޭސްވުމުގެ މައްސަލައިން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ހުރެއެވެ:

  • ދުވާލަކު 2 ލީޓަރު ފެން ބުއިން
  • ކާއެއްޗެހި ރަނގަޅަށް ހަފައިގެން ކެއުން
  • ގަވާއިދުން ކަސްރަތުކުރުން
  • ގޭސް އުފައްދާ ކާނާ ދެނެގަނެ، އެތަކެތި މަދުކުރުން
  • ފައިބަރު ގިނަ ކާނާ (ޔޯގަޓް، އޯޓްސް، ތަރުކާރީ) ކެއުން

ގޭސްވުމުގެ މައްސަލަ ދިގު މުއްދަތަކަށް ދެމިގެންދާނަމަ، ނުވަތަ ބޮޑަށް އުނދަގޫވާނަމަ، ޞިއްޙީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ މުހިންމު ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ާއައިމިނަތު

    ވ ރަނގަޅު ބަސްކޮޅެއް