އދ. މާމިގިލީގައި އިމާރާތްކުރި ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ފަޔަރ ސްޓޭޝަން ރައީސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ދައުލަތުގެ ވަޒީރުންނާއި އެމްއެންޑީއެފްގެ އިސްވެރިން އަދި އެރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާމިގިލީގައި ފަޔަރ ސްޓޭޝަން ހުޅުވުމާއެކު، އެމްއެންޑީއެފުން ދެމުންގެންދާ އެ ސްޓޭޝަންގެ ޚިދުމަތް އެރަށުން ލިބިގެންދާނެއެވެ.
މާމިގިލީގައި ފަޔަރ ސްޓޭޝަންގެ ޤާއިމުކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި މާމިގިލީގައި ތަރައްޤީކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ބްރާންޗްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައެވެ.

