ޚަބަރު
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕާސްޕޯޓުގެ ޚިދުމަތް؛ ކ ތުލުސްދޫގައި މިއަދު ރަސްމީކޮށް މި ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ކ. ތުލުސްދޫގައި މި ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަނީ ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން އެންމެ ފަހުން މި ޚިދުމަތް ފެށިފައިވަނީ ޅ. އަތޮޅު އަދި ގއ. އަތޮޅުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ ނިޔަލަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެއް ކަމެވެ. މިހާރު އެ ވައުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ލިބެމުންދާއިރު، ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ.

މި ޚިދުމަތް ފެށުމާއެކު، ތުލުސްދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް މާލެ އައުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ޚިދުމަތްތައް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!