އދ. މަންދޫގައި އަލަށް ހަދާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މަންދޫގައި އަލަށް ހަދާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީންއާއެެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އަދިި ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު އާއި މަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ރާއްޖޭގެ ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސޕްިޓަލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.