ޚަބަރު
އައްޑޫގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ: އީސީ

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އެ ސިޓީގެ ހުޅުދޫ މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަދައްކަމުން ވިދާޅުވީ މިމަހުގެ 25ވަނަ ދުވަހު ނަގާ ތާރީޚީ ވޯޓުގައި ވޯޓު ފޮށިތައް ބަހައްޓާނީ ފޭދޫއާއި ހުޅުދޫ އަދި މީދޫގެ އިތުރުން މާލޭގައި އެކަނިކަމަށެވެ.

އައްޑޫ ސިޓީގެ ތިން ރަށުގައި ބަހައްޓާ ފޮށިތަކުގެ އަދަަދަކީ ފޭދޫގައި 5 ފޮއްޓާއި، ހުޅުދޫގައި 3 ފޮށީގެ އިތުރުން މީދޫގައިވެސް 3 ފޮށިއެވެ. މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެރަށްރަށަށް ނިސްބަތްވާ މީހުން ވޯޓުލުމަށް، ފުރަ މާލޭގެ އެއްތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮށި، ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މި ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ ފަރާތަަކަށްވެސް މިމަހުގެ 24ވަނަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ކެމްޕެއިންގެ ސިފައިގަވެސް ދެކޭގޮތް ހާމަކުރެވޭނެކަމަށެވެ.

ޚިޔާލުހޯދުމުގެ މި ވޯޓުގައި ސަރުކާރުން އެއްވެސް ކޮޅެއް ނުނަންގަވާނެކަމަށާއި، ރައްޔިތުން ނިންމާގޮތަށް ސަރުކާރުން އެކަން ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 25 ވަނަ ދުވަހު އެއިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު، އިންތިޚާބު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!