ޚަބަރު
ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއް، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނަން: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ކަންކަމެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާ ކަމަށާއި، މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު އަމާޒުކުރެވިފައިވަނީ އިންސާނީ ކާރިސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ. މި ގޮތުން “ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތަށްވެސް ކުރަން ޖެހޭ ކަމެއް” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްޙީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައާއި އިންސާނީ ކާރިސާތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީތެރިކަމުގެ ދައުރު މުހިންމެވެ. އަދި މިފަދަ ކަންކަމަށް އިޖާބަދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ނަފްސާނީ އެކިއެކި ކަންކަމަށް ޚާއްޞަ ހެލްޕްލައިން 1677 ޤާއިމްކޮށް، އޭގެ ޚިދުމަތް ފެށިގެން ދިޔަކަން ފާހަގަކުރެވެއެވެ.

މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ކަމާގުޅޭ އެހެނިހެން ޚިދުމަތްތަކަށް ރިފަރަލް ހެދުމުގެ މަސައްކަތްވެސް މި ހެލްޕްލައިނުން ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!