ޚަބަރު
ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް “މޫސުމާ ބެހޭ ޤައުމީ އިދާރާ” މެޓުން ބުނެފިއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ބ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު13:30 އާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އެ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވަާރޭވެހުން އެކަށީގެންވާކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!