ޚަބަރު
މަޝްހޫރު ހޯސްޓު ނާއްޕެ އަދި ބާކީ 3 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ކުޑަކުދިން އެކްސްޕޮލައިޓް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައިބަލާ މުބާރާތްތައް ހޯސްޓުކުރުމަށް މަޝްހޫރު ނާފިއު ރަޝީދު (ނާއްޕެ)ގެ ބަންދަށް އިތުރު ފަސް ދުވަސް، އަދި ބާކީ 3 މީހުންގެ ބަނދުގެ މުއްދަތު 10 ދުވަހަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ.

ނާއްޕެ ހިމެނޭހެން ހަތަރު މީހުން މާލެއިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހެވެ. އެއީ، ނާއްޕެއާއި އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

ޝިނާނަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރި ގާނޫނީ ވަކީލެއް ކަމަށާއި، 2023 ވަނަ އަހަރު އެ އޮފީހުން ވަކިވެ މިހާރު ޕީއެސްއެމްގެ ވަކީލެއްގެ މަގާމުގައި ހުންނެވި ކަމަށް ވެސް އެނގިފައިވެއެވެ.

އޭރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުކުރީ ތިން ދުވަހަށެވެ. އެ މުއްދަތު ހަމަވެ، އިއްޔެ އެ މީހުން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ހެންވޭރުގައި ހުންނަ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓެއް ފެނުނު ކަމަށާއި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލާގައި އަނިޔާލިބުނު ކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް، އެކްސްޕްލޮއިޓްކުރި ގޮތުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!