ޚަބަރު
15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީ، ކްރޮސްރޯޑުގައި

5 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފިއެވެ. ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ ހިނދު، މިހާރު ހުޅުވާލެވުނު މި ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.

މި ކޭމްޕް ސަރަހައްދު ތަރައްޤީކޮށްފައިވަނީ 3 ހެކްޓަރުގެ ބިމެއްގައެވެ. މި ސަރަހައްދުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ޤާއިމްކޮށްފައިވެއެވެ.

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރެވޭނެ ތަނެކެވެ. “މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ،” ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެއެވެ. މި ކޭމްޕް ސަރަހައްދު ހުޅުވުމާއެކު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކޭމްޕިންގ އަދި އެހެނިހެން ތަޢުލީމީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!