ކުޅިވަރު
ގެމަަނަފުށި ކައުންސިލް އައިޖް ފުޓްސަލް ޓޯނަމަންޓް 2025 ގެ ޗެމްޕިއަންކަން އެފްސީ ގެމަލޭންޑުން ހޯދައިފި

ގެމަނަފުށީ އައިޖް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ގެމަނަފުށީ ކައުންސިލް އައިޖް ފުޓްސަލް ޓޯނަމަންޓް 2025 ގެ ޗެމްޕިއަން އެފްސީ ގެމަލޭންޑުން ހޯދައިފިއެވެ.

މިއީ ގެމަނަފުށީ ކައުންސިލުން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.

މި މުބާރާތް ރާވައި ހިންގީ ގެމަނަފުށި އައިޖް ޖަމިއްޔާއިންނެވެ.

މި މުބާރާތުގައި އެފްސީ ގެމަލޭންޑުން ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގައި އެޓީމްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މުބާރާތުގައި ލީގު އުސޫލުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނަ ހޯދީ އެފްސީ ގެމަލޭންޑް އެވެ. އަދި ދެވަނަ ހޯދީ ރޯމާ އެވެ. ރޯމާ ވަނީ 9 ޕޮއިންޓް ހޯދާފައެވެ.

ފޯރިގަދަ ފައިނަލްގައި ރޯމާ އަދި އެފްސީ ގެމަލޭންޑް ކުޅުނު މެޗުގައި ފުރަތަމަ ގޯލް ކާމިޔާބު ކުރީ ރޯމާއިންނެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހަބީބް އެވެ.

އަދި ނަތީޖާ އެއްވަރުކުރީ މެޗު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ގެމަލޭންޑުގެ އަހުލާމް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރަހުމަތުالله އިބްރާހިމްއެވެ.

މެޗު އެއްވަރުވެގެން ނިމުމުން ޕެނަލްޓީ ޖަހައިގެން 5 – 3 ގެ ނަތީޖާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދީ އެފްސީ ގެމަލޭންޑްއެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 15،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވޮނީ ގެމަލޭންޑުގެ ހުސެން ތައިމްއެވެ.

މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަލީ މައިސާންއެވެ.
މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ގެމަލޭންޑުގެ 3 ކުޅުންތެރިން ހިމެނުނުއިރު، ރޯމާގެ 2 ކުޅުންތެރިން ވަނީ ހިމެނިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!