ޚަބަރު
ފޭދޫ އަދި ހުޅުމީދޫ ގެ ވޯޓާސް ލިސްޓު ނެރެ، ޝަކުވާ އަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފަވާގޮތާ ގުޅޭގޮތުން ނަގާ ވޯޓުގައި، ވޯޓު ދިނުމުގެ ޙައްގު ލިބިފަވާ މީހުންގެ ރެޖިސްޓްރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތާ ގުޅޭގޮތުން މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.

މި ވޯޓު ނެގުމަށް ނިންމާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ. އެގޮތުން އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފެއްދުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ޖުމްލަ 9,577 މީހުން ހިމެނެއެވެ. މީގެ ތެރޭގައި:

  • ފޭދޫ: 4,355 މީހުން
  • ހުޅުދޫ: 2,874 މީހުން
  • މީދޫ: 2,348 މީހުން

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މާދަމާގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް registration@elections.gov.mv އަށެވެ.

މި ވޯޓު ނެގުމަށްޓަކައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާލޭގައި 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!