ޚަބަރު
ހުޅުދޫ ޑަކް ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައި، މަސްތަކާއި ދޫނިތައް މަރާލައިފި

އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ ތަކެތި މަރާލި ކަމަށް ބެލެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ރައްޔިތުން ތުހުމަތު ކުރަން ފަށައިފިއެވެ.

ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން ވިދާޅުވި ގޮތުގައި، މި މައްސަލަ ފާހަގަވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެއެވެ. އެ ޕާކުގައި ގެންގުޅޭ އަސްދޫނިތަކާއި އެކި ބާވަތުގެ އެހެން ދޫނިތަކުގެ އިތުރުން، ޕާކުގެ ފެންގަނޑުގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮއްވާ އެބަ ފެނޭ،” ކައުންސިލަރު ވިދާޅުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހެދި މި ޕާކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިތްހަމަޖައްސާލަން ދާ ތަނެކެވެ. އަދި އެތަނަކީ ހުޅުދޫގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދައި، ރައްޔިތުން އަމިއްލައަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ފާހަގަކުރެވެއެވެ.

އައްޑޫގައި ތަންތަނަށް ގެއްލުންދިނުން އިތުރުވަނީ

ޑަކް ޕާކަށް މި ގެއްލުން ލިބުނު އިރު، މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ، އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ގޮސްފައިވެއެވެ. އެ ހާދިސާގައި ވެސް ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީ ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ދެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!