ޚަބަރު
ށ. ކަނޑިތީމުގައި މިރޭ ހަވާ އަރުވަނީ

ށ. ކަނޑިތީމުގައި މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިރޭ 21:00 އާއި 21:30 އާ ދެމެދު ކުރިއަށްދާ މި ހަވާއެރުވުމުގެ ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްދާނީ 3 މިނެޓުގެ މުއްދަތަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން އިންތިޒާމުކުރާ އެކި ހަފްލާތަކުގައި މާލެ އާއި އެހެނިހެން ރަށްރަށުގައި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ އިޙްތިފާލުތަކުގައިވެސް ހަވާއެރުވުމުގެ ހަރަކާތްތައް އެމްއެންޑީއެފްއިން ކުރިއަށްގެންދެއެވެ.

މިފަދަ ހަވާއެރުވުމުގެ ހަރަކާތްތަކަކީ ޚާއްސަ މުނާސަބަތުތަކާއި އިވެންޓްތައް ފާހަގަކުރުމަށް އިތުރު ކުލަގަދަކަމެއް ގެނެސްދޭ ހަރަކާތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!