ޚަބަރު
އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލުކަންދޭ ދަރިން އުފެއްދުމަށް: ރައީސް

ބެލެނިވެރިންނާ، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ފަރާތްތަކުން އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާއި އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލްކަންދޭ ދަރިން އުފެއްދުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކީރީތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބެލެނިވެރިންނާ، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާއި އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލްކަންދޭ ދަރިތަކެއް އުފެއްދުމަށްކަމަށާއި ޤުރުއާނަށް ލޯބިޖެހިފަވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއްކަމަށެވެ.

ޤުރުއާނަށް ލޯބިޖެހިފަވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެކަންކަމަށާއި، އަދި ޤުރުއާން ކިޔެވުމަކީ އެކަމަކަށްޓަކާ ފަޚުރުވެރިވާ ކަމަކަށް ހެދުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ޤައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެކަމަށާއި އިންސާނާގެ ސިކުނޑިއާ ހިތާ ޢަމަލުން އަންނަ މި ތަރައްޤީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްޤީކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!