ޚަބަރު
ބިލެތްފަހީގައި ފެނަކަ އިން އަޅާ ފުލުހުންގެ މަރުކަޒާއި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ށ. ބިލެތްފަހީގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުން ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހީގައި އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ އެރަށުގައި ބިން ހިއްކައިގެން އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ. މީގެ އިތުރުން، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

ބިލެތްފަހީގައި ފުލުހުންގެ މަރުކަޒާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. އަދި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިއު އެވެ.

ކައުންސިލް އިދާރާގެ މަސައްކަތް ކުރާނީ އާރުސީސީންނެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ނޫމަރާއަށެވެ. އޭގެފަހުން ކަނޑިތީމު އަދި ގޮއިދުއަށް ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ނިމިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވައި އާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވިއެވެ. އަދި މިރޭ ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!