ޚަބަރު
ބާތިލު ކުރާ ވަރކް ޕާމިޓް ކޯޓާ ދޫކުރާނީ ހުރިހާ ފީއެއް ދެއްކުމުން: ދާޚިލީ ވުޒާރާ

ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާ ނުދައްކައިގެން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މި ނިންމުން އިޢުލާނުކުރެއްވުމާއެކު، އެ ވުޒާރާއިން ވަނީ ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކުރެވޭނެ ކަމަށް ވެސް އިޢުލާނުކުރައްވާފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68،000 ވަޒީފާދޭ ފަރާތް ރަޖިސްޓްރީވެފައިވާއިރު، ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900 އެއްހާ ފަރާތުން އެކަނިއެވެ. އަދި ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000 އަށްވުރެ ގިނަ ފަރާތް، އެކްސްޕެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ.

މި ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ބިދޭސީންނާ ގުޅޭ ފީތަކުގެ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ރާއްޖޭގައި ދިރިއުޅެމުންދާ 177،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މިހާތަނަށް ވަނީ ނަގާފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި އައު ނިޒާމުގެ ސަބަބުން ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!