ޚަބަރު
އެމްއޭސީއެލް އިން ތަރައްގީ ކުރާ ބިލެތްފަހި އެއަރޕޯޓު; ރައީސް ދެއްވީ, އެއްވެސް މަޑުޖެހުމެއް ނެތި 30 މަސްދުވަހުގެތެރޭ ނިންމަވާނެ ކަމުގެ ޔަގީންކަން!

ށ. ބިލެތްފަހީގައި އެއަރޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫޢު އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންގޮސް، 30 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި މަޝްރޫޢު ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވަނީ އެކަންކަން ފުއްދޭނެކަމުގެ ޔަގީންކަން އޮވެގެން” ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކައި، 1500 މީޓަރުގެ ރަންވޭއަކާއެކު ފުރިހަމަ އެއަރޕޯޓެއް ތަރައްގީކުރެވޭނެއެވެ.

އިތުރު ތަރައްގީގެ މަޝްރޫޢުތައް

އެއަރޕޯޓުގެ އިތުރުން، ބިލެތްފަހީގައި އެހެނިހެން މުހިންމު މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދެވޭނެކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް، ބަނދަރުގެ މައްސަލަ ހައްލުކުރުން، އޮޑިދޯނިފަހަރު އެހެލާނެ ސަރަހައްދެއް ތަރައްގީކުރުން އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ތަރައްގީ

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލްގައި 8 ކްލާސްރޫމް ތަރައްގީކުރެވޭނެކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން، ސިއްޙީ މަރުކަޒު 16 ގަޑިއިރަށް ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށް، އިތުރު ވަސީލަތްތަކާއި ވޯޑުތައް ގާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޒަމާނީ ފެންވަރުގެ މިސްކިތެއް އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!