ޚަބަރު
ލާމަރުކަޒީ ނިޒާމް ހަގީގީ މާނާގައި ގެނެސްދެއްވި ވެރިއަކު، ރައީސް ޑރ މުއިއްޒު ނޫނީ ނުދެކެން: ބިލެތްފަހި ރައީސް

ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާ ގޮތެއްގައި ތަންފީޒުކޮށް، އެ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަމުންދަނީ މި ސަރުކާރުންކަމަށް ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލް ރައީސެއްގެ ގޮތުގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާކަމަށްވާ ޒިޔާދު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

2011 ވަނަ އަހަރުން ފެށިގެން ކައުންސިލް ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ޒިޔާދު ވިދާޅުވީ ވޭތުވެދިޔަތަނުގައި 4 ރައީސުންނާ ބައްދަލުވެގެން ދިޔައިރު، ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަނީ ރައީސް މުޢިއްޒުކަމަށެވެ.

“މިއަދުގެ ރައީސަކީ ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެންނާ ހިސާބަށް އޭގެ ފޮނިމީރުކަން ހަގީގީ މާނައިގައި ގެނެސްދޭން މަސައްކަތް ކުރާ ރައީސްއެއްކަމަށް އަޅުގަނޑު ގަބޫލުކުރަން،” ބިލެތްފަހި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބިލެތްފަހީގެ ތަރައްގީއާ ގުޅޭގޮތުން ރައީސްއާ ހިއްސާކުރެއްވި ހުރިހާ ކަމަކަށްވެސް ވަރަށް އުންމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒަކީ ވަރަށް ޖެހިލުންކުޑަ، ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، މީގެ ކުރިން ރާއްޖޭގައި ހައްލުނުވެ އިންތިހާއަށް ބޮޑުވެފައި ހުރި މައްސަލަތައް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ހައްލު ކޮށްދެއްވުމަށް މަސައްކަތްކުރައްވާ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ނޭދެވޭ ވާހަކަތައް ދެއްކި ނަމަވެސް، މިހާރު ފެންނަމުންދަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ މަންޒަރުކަމަށެވެ. އެހެންކަމުން ބިލެތްފަހި ރައްޔިތުން ތިބޭނީ ރަށުގެ ތަރައްގީއަށް އަންނަ ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށްވެސް އެ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!