މައުލޫމާތު
ފަތިސްތަރި: ދިހުން އަރާ، ރީތި, ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުންނަމަ ހަނޑޫފެނުގެ މި ފަރުވާ ހަމަ އެއްވަނަ!

ރީތި ޗާލު އިސްތަށިގަނޑެއް ބޭނުންނުވާ މީހަކު މަދުވާނެއެވެ. އިސްތަށިގަނޑަކީ އިންސާނާގެ ޖަމާލުކަމުގެ އެންމެ މުހިންމު އެއް ބައެވެ. ނަމަވެސް ގިނަ ބަޔަކު ބޮލުގެ އިސްތަށި ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ބޭނުންކުރަނީ އަގުބޮޑު ބާވަތްތަކެވެ. އެހެންނަމަވެސް، ހަނޑޫފެނަކީ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ބޭނުންކުރެވޭ އެންމެ ފަސޭހަ އަދި އަގުހެޔޮ އެއް ގޮތެވެ.

ހަނޑޫފެނުގެ ފައިދާތައް

ހަނޑޫފެނުގައި އެކުލެވިގެންވާ ވިޓަމިން ބީ، ވިޓަމިން ސީ، އަދި ވިޓަމިން އީ ފަދަ މުހިންމު ވިޓަމިންތަކާއި އެމިނޯ އެސިޑްތަކަކީ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ. މި މާއްދާތަކުގެ ސަބަބުން އިސްތަށީގެ ބުޑުތައް ވަރުގަދަވެ، އިސްތަށި ފޭބުން މަދުވެ، އިސްތަށިގަނޑު ދިގުވުމަށް މަގުފަހިވެއެވެ.

އިސްތަށިގަނޑެއްގެ ފަރިކަން ލިބުމުން ހަނޑޫފެނުގައި ހުރި ނުބައި ވަސް ހަނދާނެއް ނުހުންނާނެ—ފޮޓޯ: ހެލްތީހެއަރސްޓައިލް

ހަނޑޫފެން ތައްޔާރު ކުރާނެ ގޮތް

ހަނޑޫފެން ތައްޔާރުކުރުމަށް ބޭނުންވަނީ ޖޯޑެއްގެ ސާފު ހަނޑޫ އަދި ދެ ޖޯޑު ފެނެވެ.

  • ފުރަތަމަ ޖޯޑެއްގެ ސާފު ހަނޑޫ، ފެނުން ހަމަ ވަރަށް ކުޑަކޮށް ދޮވެލާށެވެ.
  • ކުޑަކުޑަކޮށް ދޮވުނު ފެން އުކާލާށެވެ.
  • ދެ ޖޯޑު ފެނަށް އެހަނޑޫ އަޅައި،
  • ވައި ޖެހޭ އަދި އަވިނުދޭ ތަނެއްގައި ބަހައްޓާށެވެ.
  • ބައިގަޑިއެއްހާއިރު ފަހުން އެ ހަނޑޫފެނާއި ހަނޑޫކޮޅު މަތި ބަންދުވާ ކަހަލަ ބޮޑު ބިއްލޫރި ފުޅިއަކަށް އަޅައި އެއް ދުވަސް ވަންދެން މަތި ބަންދުކޮށްފައި ބަހައްޓާށެވެ.

ހަނޑޫފެން ބޭނުން ކުރާނެ ގޮތް

އަނެއް ދުވަހު ހަނޑޫ ފެން އެތި އެއްޗަކަށް އަޅާށެވެ. ހުސް ފެނުން ބޯ ކުޑަކޮށް ދޮޮވެ ސާފުކޮށްލުމަށްފަހު، އިސްތަށިގަނޑަށް އަޅާށެވެ.

މުޅި އިސްތަށިގަނޑުގައި ހަނޑުލުފެނުގެ އަސަރު ޖެއްސުމަށް ސްޕްރޭ ކުރުންވެސް ރަނގަޅެވެ. ބޮލުގެ އެތެރޭގައި، ތަލައިގައި ރަނގަޅަށް ޖެއްސުން މުހިންމެވެ.

ހަނޑޫފެން އިސްތަށިގަނޑުގެ ހުރިހާ ހިސާބަކަށް އަޅައި، ވިހި މިނެޓް ވަންދެން މަސާޖް ކުރަންވާނެއެވެ. ޚާއްޞަކޮށް ބޮލުގެ ތަލައިގައި ރަނގަޅަށް މަސާޖް ކުރުމަކީ މުހިންމު ކަމެކެވެ. އޭގެފަހުން ސާފު ފެނުން ބޯ ދޮވެލުމުން ފުދޭނެއެވެ. ކޮންޑިޝަނާ ކުރުމުގެ މާބޮޑު ބޭނުމެއް ނެތެވެ، ހަނޑޫ ފެނުގެ ވަސް ފިލައިނުދާނެތީ ކަންބޮޑު ނުވާށެވެ، ރަނގަޅަށް ބޮލުގެ ތަލައާއެކު ހިއްކާލުމުން ވަސް ފިލައިދާނެއެވެ.

ހަނޑޫފެނަކީ އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ބޭނުންކުރެވޭ ޤުދުރަތީ އަދި އަގުހެޔޮ ވަސީލަތެކެވެ. މީގެ ބޭނުން ގަވާއިދުން ކުރުމުން، އިސްތަށިގަނޑު އިތުރަށް ދިގުވެ، ފަރިވެ، ޗާލުވެގެންދާނެއެވެ. އަދި އިސްތަށި ފޭބުމާއި، ހިކުމުގެ މައްސަލަތަކުން ސަލާމަތްވެ، ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!