ޚަބަރު
ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުން އެމްޓީސީސީއާ ހަވާލުކޮށްފި

ށ. ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫޢު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރުިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ. ށ. ފޭދޫއަށް ވަޑައިގެން އެރަށުގައި އެމަކަށް ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ށ. ފޭދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރަށްގީ ކުރުމުގެ މަޝްރޫގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ: ރައީސް އޮފީސް

މި މަސައްކަތުގެދަށުން ފޭދޫގެ ގިރާ ސަރަޙައްދު އިއާދަކޮށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އެރަށުގެ މަގުތައް ތަރައްޤީކުރާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!