ޚަބަރު
އުތުރުގެ ވިއްސަކަށް ރަށުގެ ހުއްޓިފައިވާ ކުނި މެނޭޖު ކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށޭނެ އިންތިޒާމު ދަނީ ކުރަމުން: ރައީސް

މިލަދުންމަޑުލު އުތުރުބުރީ ފީވައް ހިމެނޭގޮތަށް، އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓިފައިވާ ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށުމަށް އިންތިޒާމުތައް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ބޭރުގެ ފަންޑިންގއެއްގެ ދަށުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުތައް އަލުން ފެށުމަށް ކަމާބެހޭ ވުޒާރާއިން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާތީ، މިހާރު އެކަމުގައި ކުރިއަށްދާނެ އައު ގޮތްތަކެއް ކަނޑައަޅައި، އެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަވާކަމަށެވެ.

ފީވަކުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީގެ ފަރާތުން އެ ރަށުގައި ކުރިއަށްގެންދާ ސްކޫލް މަޝްރޫޢާއި މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫޢުގެ އިތުރުން، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސްއަޅައި ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށެވެ.

މީގެއިތުރުން، ފީވަކުގައި މިއަދު ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޞިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދާނަމަ، މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން ނަމަވެސް އެ މަސައްކަތް ނިންމާނެކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment