ޚަބަރު
ނަރުދޫގެ ފިޓްނެސް ސެންޓަރާއި ކުނިމެނޭޖްކުރާ މަރުކަޒު އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވަޑައިގަތުމުގައި މިއަދު ށ. ނަރުދޫގައި ތިން މުހިންމު މަޝްރޫޢެއްގެ ބިންގާ އަޅައިފި އެވެ. މިގޮތުން ބިންގާ އެޅި މަޝްރޫޢުތަކުގެ ތެރޭގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ކުނި މެނޭޖްކުރާ މަރުކަޒު އަދި ފުލުހުންގެ މަރުކަޒު ހިމެނެ އެވެ.

ނަރުދޫގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ނަރުދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެންބަރު ހަސަން މުފީދު އާއި ނަރުދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު ބައިވެރިވެ ވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ވެސް މަޖިލިސް މެންބަރު ހަސަން މުފީދު އާއި ނަރުދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވެސް މަޖިލިސް މެންބަރު ހަސަން މުފީދު އާއި ނަރުދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ށ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ނަރުދޫގައި ބޭއްވުނު މި ތިން ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment