ޚަބަރު
މާއުނގޫދޫ ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ޕޮލިސް ޕޯސްޓެއް މިއަދު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވަނީ ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން އަތޮޅުގެ އެކި ފަރާތްތައް ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެންގެވީ ކައުންސިލްގެ ރައީސް އާދަމް ސަލީމް ކަމަށްވާއިރު، ފުލުހުންގެ ދިދަ ނެންގެވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި ޕޯސްޓު ހުޅުވުމަށްފަހު ކޮމިޝަނަރ ވަނީ ޕޯސްޓު ބައްލަވާލައްވައި، މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

ސަރުކާރުން ވަނީ އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަށް އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލުވުމުން “އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ” ކަމަށް ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މާއުނގޫދޫ ޕޮލިސް ޕޯސްޓު ޤާއިމްކުރެވުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment