ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ވަރަށް ޚާއްޞަ ގޮތަކަށެވެ. ރައްޔިތުން އަތުގައި ހިފައިގެން ތިބީ ދިވެހި ދިދައާއެކު، އޭޓީއާރު މަތިންދާބޯޓެއް ރަންވޭގައި ޖައްސާފައިވާ މަންޒަރުގެ ފޮޓޯ ޖަހާފައިވާ ދިދަތަކެކެވެ.
ރައީސް މިލަންދޫއަށް ވަޑައިގަތް ވަގުތު، ރަށުގެ ކުދިބޮޑު އެތައް ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ، ގައުމީ ދިދަ އުފުލައިގެން މަރުޙަބާ ދެންނެވިއެވެ. ނަމަވެސް، ގިނަ ރައްޔިތުންގެ އަތުގައި އޮތް ޚާއްޞަ ދިދައަކުން ފާހަގަވެގެން ދިޔައީ އެ ރަށުގެ ރައްޔިތުންގެ ހިތުގައި އޮތް ބޮޑު އެދުމެކެވެ.
މިލަންދޫއަކީ އޭގެ ތާރީޚަށް ބަލާއިރު، ދުވަސްކޮޅެއް ވަންދެން އަތޮޅު ވެރިކަން ވެސް ކޮށްފައިވާ، ވަރަށް ދިގު ތާރީޚެއް ލިބިފައިވާ ރަށެކެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް މުޢިއްޒު ވަނީ މިރަށުގައި އެއާޕޯޓެއް އެޅުއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. މިއީ ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ.
“އަޅުގަނޑުމެން އެއާޕޯޓަށް ދަތުރު ކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ. އަދި ގިނަ ވަގުތުތަކެއް ލޯންޗުގައި ވެސް ހޭދަ ކުރަންޖެހޭކަމަށްވެސް އެރަށުގެ ރައްޔިތުން ވަނ ހިއްސާކޮށމިލަންދޫ ރައްޔިތުން ބުނާ ގޮތުގައި މާލެ ދިއުމަށް 45 މިނެޓުގެ ލޯންޗު ދަތުރެއް ކުރަންޖެހޭއިރު، އާއިލާއަކުން ދަތުރުކުރާނަމަ ކޮޅަކަށް 1,500 ރުފިޔާ އަދި ވަކިން ދަތުރުކުރާނަމަ ކޮޅަކަށް 150 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.
މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ އަށް މަސްދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ފަށައި، 30 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ. ރައީސް މިލަންދޫއިން ފުރާވަޑައިގަތީ ރައްޔިތުންގެ އުންމީދުތައް އާކޮށްދެއްވައި، ރައްޔިތުން ހިތްހަމަޖެހުމާއެކުގައެވެ.