ޚަބަރު
ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީ އިން ފަށައިފި

ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމަނިކުފާނުގެ އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ. މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.

ރައީސް ޑރ. މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މަގުތައް ތަރައްގީ ކުރާނީ އެރަށެއްގެ ރައްޔިތުން އެދޭ ގޮތަކަށް ކަމަށެވެ. އެގޮތުން ވެލިމަގު، ތާރުމަގު ނުވަތަ ގާ އަޅައިގެން މަގުތައް ހަދާނެ ކަމަށް ވިދާޅުވިއެވެ. “ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްތަކުގައި މަގުތަކުގައި ފެންބޮޑުނުވާ ގޮތަށް ވެލި އަޅައި ނުވަތަ ގާ އަޅައިގެން ތަރައްގީ ކުރަން ރައްޔިތުން އެދޭ” ކަމަށް ރައީސް ވިދާޅުވިއެވެ.

މަރޮށީގެ މަގުހެދުމުގެ މަސައްކަތް ފެށިގެން ދިޔައިރު، މިއަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ޕްލޭންކޮށްފައިވާ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިއީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، މަގުތައް ތަރައްގީކުރުމުގެ ވައުދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި މަރޮށީގެ ފުލުހުންގެ މަރުކަޒު އަދި ފިޓްނަސް ސެންޓަރާއި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ރައީސް މުއިއްޒު ދަނީ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވައި، ވައުދުތަކުގެ އިތުރުންވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment